English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބަޔަކު ފާރަލަމުންދާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

އެމަނިކުފާނަށް ނިރުބަވެރި ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ވަކީލުންގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގައިވަނީ ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެދޭކަމަށެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ކައިރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވަނީ ނިރުބަވެރި އެތައް ހަމަލާއެއްގެ އިންޒާރު މީގެ ކުރިންވެސް ރައީސް ޔާމީނަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

މި ގޮތުން ރައީސް ޔާމީންގެ ގެކޮޅު ކައިރީ ގޮތް ނޭނގޭ ބަޔަކު ހަރަކާތްތެރިވާ ވީޑިޔޯއެއް އާންމުވެފައިވާއިރު، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ނިރުބަވެރި ހަމަލާއެއް އަމާޒުވެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް މިފަދަ ނުރައްކާތެރި ހަމަލައެއް އަމާޒުވެފައިވާ މި ދަނޑިވަޅު މިކަން ކުރީބައިގައި ފުލުހުންގެ ސަމާލުކަމަށް ގެނެސް ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވީ ކަމަށްވެސް އޭނާ ވަނި ފާހަގަކޮށްފައެވެ.