English Edition
Dhivehi Edition

އދ. އޮމަދޫގެ ތުއްތު ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ނިޔާވެއްޖެއެވެ.

ޢުމުރުން އެންމެ 11 މަހުގެ މިކުއްޖާ ނިޔާވީ ކުއްޖާ ދިރިއުޅޭ ގޭ ކަމަށްވާ އޮމަދޫ ޖަނަވަރީގޭގައި ހަދާފައިވާ މަސްފެންގަނޑަކަށްވެއްޓިއެވެ.

މަސް ފެންގަނޑުގައި ކުއްޖާ އޮއްވާ ފެނުނީ އެގޭގައި ދިރިއުޅޭ އެހެން މީހަކަށެވެ. މިޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:30 އެހާކަށް ހާއިރެވެ. އެރަށު ކައުންސިލުން ބުނީ

ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނޭވާ ނުލާކަމަށެވެ. ކުއްޖާ ވެއްޓުނު މަސްފެންގަނޑަކީ 4 ފޫޓު ފުޅާ 1 ފޫޓު ފުންމިނުގެ ފެންގަނޑެއްކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދެއެވެ. ނިޔާވި ކުއްޖާ ފެންގަނޑުގެ ތެރެއިން ފެނިފައިވަނީ ފެންގަނޑަށް ވެއްޓުނުތާ ކިހާއިރެއް ފަހުން ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. މިމައްސަލަ އާއި ގުޅޭ ގޮތުން ވަކި އެއްޗެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.