English Edition
Dhivehi Edition

އއ. މާޅޮހުގައި މޫދަށް އެރިއުޅުނު ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، އެކަނި މޫދަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ އުމުރުން 12 އަހަރުގެ އަންހެންކުއްޖެކެވެ. އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ ދެކުނު ފަރާތުން، އެކުއްޖާ ދިރިއުޅޭ ގެއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވައެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނުކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:50 އެހައިކަންހާއިރު ކަމަށެވެ.އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.