English Edition
Dhivehi Edition

ރ. އުނގޫފާރުގައި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވި ކުއްޖަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މިއަދު މެންދުރު 12:30 ހާއިރު، މަސްފެންގަނޑަށް ވެއްޓިފައިވަނީ ދޮޅު އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނީ ކުއްޖާ ދިރިއުޅޭ ގޭގައި ބިމުން މައްޗަށް ދެ ފޫޓުގެ އުސްމިން ހުންނަ ގޮތަށް ހަދާފައިވާ ފެންގަނޑެކަމަށެވެ. އަދި އެ ކުއްޖާ މަސްފެންގަނޑު ތެރޭގައި ދެތިން މިނެޓު އޮތްކަމަށާއި މަސް ފެންގަނޑުން ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެމެޖެެންސީގައި ފަރުވާ ދީފައިވާ ކަމަށް އެ ރަށުން މައުލޫމާތު ހިއްސާކުރި ފަރާތުންވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނައިރު ކަމާއި ބެހޭ ފަރަތާތްކުންވަނީ ކުދިންނަށް ރައްކާތެރި ގޮތަކަށް މިފަދަ ތަންތަން ހެދުމަށް އިލްތިމާޒުކޮށްފައެވެ.