English Edition
Dhivehi Edition

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ މީހާ ނިޔާވެފައި ވަނީ މިއަދު އިރުއޮއްސި 18:30 އެހާކަންހާއިރުއެވެ.

މިއީ ތިނަދޫގައި ކޮވިޑް ބަލީގައި ނިޔާވި ތިން ވަނަ މީހާއެވެ.