English Edition
Dhivehi Edition

އައްޑޫ ސިޓީގައި ގާއިމުކުރާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް 2018 ވަނަ އަހަރު މެދުތެރޭގައި ސިއްހީ ހުރިހާ ވަސީލަތްތަކާއެކު ހުޅުވިގެންދާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްޚީ ނިޒާމް ތަރައްގީ ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ނިއުސްޓޯކް ޕްރޮގޮރާމްގައި ވާހަކަ ދައްކަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވިގެންދާއިރު، ސިއްޚީގޮތުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް މި ހޮސްޕިޓަލުން ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން އިބްރާހިމް ދީދީ ވިދާޅުވީ ހިތަދޫގައި އަޅާ މި ހޮސްޕިޓަލަކީ ސަރަހައްދީގޮތުންވެސް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ދެވޭނެ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލެއްކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސާކް ސަމިޓައް އިމާރާތްކުރި ކޮންވެންޝަން ސެންޓަރ ގެ އިމާރާތުގެ އެތެރޭގެ ބައި އެއްކޮށް ތަޅާލާ، އަލުން ހޮސްޕިޓަލެއްގެ ސިފަޔަށް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އިބްރާހިމް ދީދީ ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން އިބްރާހިމް ދީދީވަނީ މި ސަރުކާރުން އައްޑޫއަށް ގެނެސްދެއްވާ ތަރައްޤީގެ މަޝްރޫއުތައް ފާހަގަކޮށްފައެވެ.