English Edition
Dhivehi Edition

އައްޑޫ އާ ހޮސްޕިޓަލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އެމްއާރު އައި މެޝިން ހިފައިގެން އަންނަ ކާގޯ ފްލައިޓް މާދަމާ އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދުބާއީން ފުރައިގެން އައްޑޫއަށް އަންނަ މި ފްލައިޓަކީ ދިވެހި ސަރުކާރުން ޗާޓަރ ކޮށްގެން ގެންނަ ފްލައިޓެކެވެ. މި ފްލައިޓް ގަމުގެ ވައިގެ ބަނދަރުގައި ޖެއްސުމަށް ލަފާކުރެވޭ ގަޑިއަކީ މާދަމާ ހަވީރު 3:30 ގައެވެ.

އަންނަ އޮގަސްޓް މަހު އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލަކީ ހިތަދޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެތަނުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.