English Edition
Dhivehi Edition

އައްޑޫ ސިޓީގައި ތަރައްގީ ކުރަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އިމާރާތް ޕްލޭނިން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

ކުރިން ކޮންވެންޝަން ސެންޓަރު ހުރި ތަނުގައި ތަރައްގީ ކުރި “އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް” ގެ މަސައްކަތް ކޮށްފަައިވަނީ އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެނެވެ. 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެލިއާ އާއި ހަވާލުކޮށްގެން ހެދި ހޮސްޕިޓަލް މިނިސްޓްރީ އާއި ހަވާލު ކޮށްފައިވަނީ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ.

ދެހާސް އެގާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ތަނަށް ބޭނުންވާ އިކްއިޕްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު،އެތަން ރަސްމީކޮށް ހުޅުވޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށާއި އައްޑޫގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.