އައްޑޫސިޓީގައި މަރާމާތު ކުރަމުން އަންނަ އާ ހޮސްޕިޓަލް ( ކުރީގެ ކޮންވެންޝަން ސެންޓަރ) ސަރަހައްދުގައި އަލިފާނު ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު މެންދުރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ އެސަރަހައްދުގެ ވަލު ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސަދަންއޭރިއާއަށް ލިބިފައިވަނީ މިިއަދު މެންދުރު 12:42 ގައި ކަމަށް އެމްްއެންޑީއެފް އިން ވިދާޅުވިއެވެ.އެމްއެންޑީއެފް އިން ވިދާޅުވީ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ގާތްގަޑަކަށް 200މ ސަރަހައްދެއް އަނދާފައިވާކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާންގަނޑުގެ %90 ކޮންޓްރޯލްވެފައިވާ ކަމަށާއި ބޮޑަށް ރޯވެފައިވަނީ ކަށިކެޔޮ ގަސްތަކުގައި ކަމަށެވެ
މި ސަރަހައްދަކީ އަލިފާން ރޯވުމުގެ މިފަދަ ހާދިސާތައް ގިނައިން ހިނގާ ސަރަހައްދެކެވެ.