English Edition
Dhivehi Edition

ގދ.މަޑަވެލި މޮނިޓަރިންގް ހާލަތުގައި ވަނިކޮށް ސިޔާސީ ހަރަކާތެއް ބޭއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ .ގދ.ކާޑެއްދޫއިން ޕޮސިޓިވްވި ކޭސްއަކާއި ޑައިރެެކްޓް ކޮންޓެކްޓްވެ ނެގި ސާމްޕަލެއްގައި މަޑަވެލި މީހެއް ފައްސި ވުމާއި ގުޅިގެން މަޑަވެލި ވަނީ 25 އޮގަސްޓް 2021 ގައި މޮނިޓަރިންގް އަށް ލާފައެވެ. މި އެެެެއްވުމާއި ގުޅިގެން ރަށު ރައްޔިތުންގެ ނުރުހުން ސޯޝަލް މީޑިޔާގައި ވަނީ ފާޅު ކޮށްފައެވެ. ކޮމިއުނިޓީ ސްޕްރެޑް އެއްގެ ބިރު އޮތް ދަނޑިވަޅެއްގައި މިފަދަ ހަރަކާތްތައް ބޭއްވުމަކީ އެދެވޭނެ ކަމެއް ނޫންކަންވެސް ބުނެ ސޯޝަލް މީޑިޔާގައި ފާޑު ކިޔުންތައް ވަނީއަމާޒު ކޮށްފައި ވެއެވެ. މަޑަވެލި މޮނިޓަރިންގް ހާލަތުގައި އޮތަސް ބެލެންޖެހޭ ވަރަށް ކަންކަން ނުބެލޭ ކަމަށާއި ހައި ރިސްކް ބޭފުޅުން ހިމަނައިން މިދަނޑިވަޅުގައި ސިޔާސީ ހަރާކާތްތައް ހިންގުމަކީ ދެރަ ކަމެއް ގޮތުގައިވެސް ރައްޔިތުން ހިއްސާ ކޮށްފައިވެއެވެ.

ގދ. މަޑަވެލި މޮނިޓަރިންގް ހާލަތަށް ލުމަށްފަހު އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި މަޑަވެލީގެ ބައެއް ގެތަށް ވަނީ މޮނިޓަރިންގްއަށްވެސް ލާފައެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް އެއް އޮވެދާނެ ކަމުގެ ބިރާއި އެކު ގެއިން ބޭރުގައި އުޅޭ ވަގުތު ތަކުގައި މާސްކް އެޅުމާއި ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި ނޫޅުމާއި، އެއްވެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެކު މިސްކިތަށް ދިޔުމުގެ ކުރިން ގެއިން ވުޝޫކޮށްގެން މާސްކް އަޅައިން ދިޔުމަށް ކައުންސިލުން އެދިފައި ވެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުަގައި ފައްސި ކޭސް އަކަާއި އެކު މަޑަވެލި މޮނިޓަރިންގް އަށް ލުމަށްފަހު މިހާތަނަށް 45 މީހެއްގެ ސާމްޕަލް ވަނީ ނެގިފައެވެ. އޭގެ ތެރެއިން 3 ސާމްޕަލެއް މިވަނީ ކޮވިޑް 19 އަށް ފައްސި ވެފައެވެ.

1 ކޮމެންޓް
ލާމު
އޮގަސްޓް 28, 2021
ކޮންބައެއް ތިކަންކުރީ. އެއްޗެއް ލިޔެ ނިންމާލިއިރު އެންމެ ބޭނުންވާ މަޢުލޫމާތު ނުހުރޭ.