ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގދ. މަޑަވެއްޔަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ރިޔާސީ އިންތިހަބުގެ ކެމްޕެއިންގައި މިއަދު ރައީސް ސޯލިހް މަޑަވެއްޔަށް ވަޑައިގަތުމުން އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލާ ރައީސްގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑީއޯތަކުން ފެންނަ ގޮތުން ފުލުހުން އެ ސަރަހައްދުގައިޓޭޕު ދަމައި ބަންދުކޮށް، މުޒާހަރާ ކޮންޓްރޯލު ކުރުމަށް ހަރަކާތްތެރިވާ މަންޒަރު ފެނިގެން ދެއެވެ. އަދި މުޒާހަރާގެ ތެރެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މި ގޮތުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ކުރީގެ އަތޮޅު ކައުންސިލް ރައީސް ސާހިރު ހަސަން ވެސް ހައްޔަރުކޮށްފައިވާކަމަށެވެ.
މަޑަވެލީގައި މިއަދު ރައީސާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާފައިވާއިރ އެމަނިކުފާނު އެރަށަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައެވެ. މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.