English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ސަރުކާރުގެ ނުވަ ކުންފުންޏެއް އުވާލައި، އިތުރު ކުންފުނިތަކެއް އުވާލުމުގެ މަރުހަލާ ފުރިހަމަ ކުރަން ފަށައިފި އެވެ.

ސަރުކާރުގެ އުވާލަން ކުރިން އިއުލާނުކުރި 17 ކުންފުނީގެ ތެރެއިން ނުވަ ކުންފުންޏެއް އުވާލާފައިވާއިރު، އިތުރު އަށް ކުންފުންޏެއް އުވާލުމުގެ މަރުހަލާގެ މަސައްކަތް ފަށާފައިވާކަމަށް މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ

ފިނޭންސް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކަކީ

  • ފެލިވަރު ފިޝެރީސް
  • ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑު
  • މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)
  • ވޯކްސް ކޯޕަރޭޝަން
  • ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
  • މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ގަން އެއާޕޯޓް ކޮމްޕެނީ
  • ހަޒާނާ މޯލްޑިވްސް
  • ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ

ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮތް ނަމަވެސް ސަރުކާރަށް ފައިދާވަނި މަދު ކުންފުންޏަކުންނެވެ.