English Edition
Dhivehi Edition

ސިއްރު އެއްބަސްވުންތައް ހާމަކުރާނެ ހަމައެކަނި ބޭފުޅަކީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެ ޕާޓީގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ބޭރު ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމާއި، ސިއްރު އެއްބަސްވުންތައް ހާމަ ކުރުމާއި ބޭރު ގައުމެއްގެ އަޅުވެތި ކަމުން ރާއްޖެ ސަލާމަތްކުރާ ވާހަކަތައް ދައްކަވަން ރައީސް ސާލިހަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލަތަކަށް ސާފު ހައްލެއް ހޯދައިދޭނެ ހަމައެކަނި ބޭފުޅަކީ ނާޒިމް ކަމަށް ދުންޔާ ވިދާޅުވިއިރު، ސަންގު ޓީވީ އިން ރޭ ގެނެސްދިން ބަހުސްގައި ނާޒިން ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ.

ހަގީގަތަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ކަމަށާއި އެގޮތުން އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ތިބިކަން ހާމަކުރައްވާ ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށެވެ.

ރިޔާސީ އިންތިހާބު ކުރިމަތިވެފައި ވާއިރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވެފައި ވަނީ އެންމެ ބޮޑު އެއް މައުޟޫއަށެވެ.