English Edition
Dhivehi Edition
އެމްއެންޕީން ބޭއްވި ޕްރެސްކޮންފަރެންސެއް

މޯލްޑިވްސް ނެޝަނަލް ޕާޓީން ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީން ބޭއްވި އެޕާޓީގެ އެ ޕާޓިގެ ގައުމީ ހިންގާ ކޮމެޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ޑރ.މުއިއްޒުއާއެކު އިންތިޚާބުގެ 2 ވަނަ ބުރުގައި ކުރިއަށް ދިއުމަށް މިރޭ ނިންމާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 35 މެންބަރަކު ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ވޯޓު ދީފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، އެހެން އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން 6 މެންބަރަކު ވޯޓު ދީފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 10 މެންބަރަކު ތިއްބެވެ.

ޕީއެންސީގެ ގައުމީ ކޮމިޓީން މީގެ ކުރިންވަނީ އެޕާޓީއަކީ ސަރުކާރާއި ދެކޮޅު ޕާޓީއެއް ކަމަށްވެސް ނިންމާފައެވެ.

މިއީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި ގުޅޭގޮތުން އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށާއި ގައުމުގެ ކުރިއެރުމަށް ކުރައްވަމުންގެންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.