English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މީޑިއާ ޕްރައިވަޓައިޒް ކުރައްވާނެކަމަށް އެޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ މީޑިއާ ހިސޯރުކޮށްގެން މިފެންނަ މަންޒަރުން ހިތާމަކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ބައެއް އަމިއްލަ ޗެނަލްތަކާއި ޕަބްލިކް ސަރވިސް މީޑއާ (ޕީއެސްއެމް) އަޅާކިޔުއްވަމުން ނާޒިމް ވިދާޅުވީ ޕީއެސްއެމް ގައި އެތައް ބައިވަރު މުވައްޒަފުންނެއް ތިބިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޕީއެސްއެމް އާއި އެއްވަރަށް ނުވަތަ އެއަށްވުރެ މާރަނގަޅަށް އަމިއްލަ ޗެނަލްތައް މަދު މުވައްޒަފުންނާއެކު ހިންގަމުން އަންނަކަމަށެވެ.

“އެތަންތަން ޕްރައިވަޓައިޒް ކުރީމާ، ސަރުކާރުގެ ނުފޫޒު އެއްގޮތަކީ ބޭރުވީ. އަނެއްގޮތަކީ ހަރުދަނާކޮށް މެނޭޖުމެންޓާއެކީ ހިންގަމުންދާނީ.” ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ އެއްވެސް ހާލެއްގައި ސަރުކާރުން އެކަންކަން ކުރުމަށް އޭނާގެ ސަރުކާރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެތަންތަން ދޫކޮށްލާ، ޕްރައިވަޓައިޒް ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.