English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު ކުޅުން މިމަހުގެ 14 ވަނަ ދުވަހު ފެށާގޮތަށް އެފްއޭއެމް އިން ނިންމައިފިއެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިގެންދިޔަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި ކުރި އިރު ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ހަވީރު 16:00ގައި ޓީސީ ސްޕޯޓްސް ކްލަބާއި ގދ. ތިނަދޫ ބައްދަލުކުރާ މެޗުންނެވެ. ހަމަ އެދުވަހުގެ ރޭ 21:00ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދ. ކުޑަހުވަދޫ ބައްދަލުކުރާނެއެވެ.

އުރީދޫ ދިވެހި ޕްރިމައަ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އޮތް އިރު ދެވަނާގައި އޮތް މާޒިޔާ އަދި ޓީސީ ވަނީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހޯދާފައެވެ.އަދި ތާވަލުގެ ހަތަރުވަނާގައި ގްރީން ސްޓްރީޓް 12 ޕޮއިންޓާއި އެކު އޮތް އިރު ތާވަލުގެ ފަސްވަނާގައި އޮތް ތިނަދުއަށް ހަތް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތާވަލުގެ ހަ ވަނާގައި އޮތް މިލަންދުއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނާގައި އޮތް މާޅޮހަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އޮތް އެންމެ ފަހުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.