English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ގްރީން ސްޓްރީޓްސް ބަލިކޮށް އއ. މާޅޮސް ލީގުގެ ފުރަތަމަ މޮޅު ހޯދި އިރު ށ. މިލަންދޫ ބަލިކޮށް ފަސޭހަ ކަމާއި އެކީ ބަލިކޮށް ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ޖެހިލައިފި އެވެ.

މިނިވަން ޗެމްޕިއަން ޝިޕްގެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެން ޕްރިމިއަ ލީގަށް ކޮލިފައިވި ށ.މިލަންދޫ އިން މާލޭ ލީގުގެ ދެވަނަ މަގާމު ހޯދި ގްރީން ސްޓްރީޓް ލީގުގައި ވާދަ ކުރި ފުރަތަމަ ބުރުގެ މެޗު ގްރީން ސްޓްރީޓް 5-0 ލަނޑުން ކާމިޔާބު ކުރި ނަމަވެސް ލީގުގެ ދެވަނަ ބުރުގައި ކުޅުނު މެޗު 2-1 ލަނޑުން ކާމިޔާބުކޮށް ގްރީން ސްޓްރީޓް ލީގުގެ ތިންވަނަ މަގާމަށް ދިޔަ ނުދީ ހިފަހަށްޓާފައެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ މާޅޮހުން ގްރީން ސިއްސުވާލުމަށް ފަހު މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފައިވަނީ މެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމުހޯދި މުނޯޒް 12 ވަނަ މިނިޓްގައި މުނޯޒް ކާމިޔާބުކޮށްދިން ލަނޑުންނެއެވެ.

މުނޯޒްގެ ލަނޑުން މާޅޮހަށް ލީޑު ލިބުނު ނަމަވެސް އޭގެ އަތް މިނެޓް ފަހުން ގްރީން ސްޓްރީޓްގެ ޒުވާން ފޯވާޑް މުހައްމަދު ނައްޒާމް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ގްރީން ސްޓްރީޓްއަށް ހަމަހަމަ ކޮށްދީފައެވެ.

މިނަތީޖާ އާއި އެކު ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި މާޅޮހަށް ދެ ވަނަ ފަހަރަށް ލީޑުނަގާފައެވެ.މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މުނޯޒް އެވެ. މިއީ ގްރީން ސްޓްރީޓްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ކޮވަލްޗަކް ޕެޓްރޯ މާޅޮހުގެ މުނޯޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.

ލީގުގެ ދެވަނަ ބުރުގައި އިއްޔެ ހަވީރު ށ.މިލަންދޫ އާއި ނިއުރެޑިއަންޓް ބައްދަލު ކުރި މެޗު އަލީ ފާސިރު (ސެންޓޭ) ހެޓްރިކާ އެކު 7-1 ލަނޑުން މިލަންދޫ ބަލިކޮށް ނިއުވަނީ ތާވަލްގެ އެއްވަނަ މަގާމަށް ޖެހި ލާފައެވެ.

ލީގުގައި މިލަންދޫ އާއި ނިއު ބައްދަލު ކުރި މެޗުގެ ލަނޑުތަށް ނިއުއަށް ކާމިޔާބުކޮށް ދީފައިވަނީ އަލީ ފާސީރު ތިން ލަނޑު،އަލީ އަޝްފާގް ދެ ލަނޑު އަދި ގަލާޑޯ ދެލަނޑެއެވެ.

ލީގުގެ އެއްވަނާގައި އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެން ނިއު އޮތް އިރު ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.އަދި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްއަށް 8 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނާގައި އޮތީ ތިނަދޫއެވެ. މާޅޮސް ލީގުގެ ހަތް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ށ. މިލަންދޫއާ އެއްވަރަށް 8 މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.