އުރީދޫ ދިވެހި ޕްރިމިއަ ލީގުގެ ފަހު ބުރުގައި ގދ.ތިނަދޫ އާއި ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗު 2-1 ލަނޑުން ނިއު ކާމިޔާބުކޮށްފިއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ގދ. ތިނަދޫއަތުން ނިއު ރޭޑިއަންޓް ފުރަތަމަ ބުރުގެ ފަހު މެޗު ކުޅެ މޮޅުވެފައިވުމުން ނިއުއިންވަނީ އެއްވަނާގައި ފުރަތަމަ ބުރު ނިންމާލައިފިއެވެ.
ތިނަދޫއާއި ނިއުރެޑިއަންޓް ބައްދަލުކުރި މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭގައި ނިއުރެޑިއެންޓްއިން ލަނޑެއް ޖަހާ ކުރި ހޯދިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިނަދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ތިނަދޫގެ މި ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި އަހްމަދު ނިޔާޒް ނަގައިދިން ހިލޭ ޖެހުމަކުން ތިނަދޫއަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ޖޯޖް އިވާން ކައިސީޑޯ ރޮޑްރިގޭޒެވެ. ޖޯޖް އިވާން ކައިސީޑޯ ރޮޑްރިގޭޒްގެ ލަނޑުން މެޗުގެ ފުރަތަމަ ހާފު ދެޓީމް ހަމަހަމަ ވެގެން ނިމުނު ކަމުގައި ވީނަމަވެސް ދެވަނަ ހާފުގައި ނިއުއިން ވަނީ ފުރަތަމަ ހާޕްއާއި ހިލާފައަށް ދެވަނަ ހާފްގައި މެޗުގައި ކުޅުން ރަނގަޅުކޮށް އަލުން މެޗުގެ ލީޑުގެ ލީޑު ހޯދާފައެވެ.
މި ލަނޑު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ނިއުއަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ފަހަތަށް ކުޅެމުންދާ ރިލްވާން ވަހީދު (ރިލޭ)އެވެ.
ރޭގެ މިނަތީޖާއާއި އެކު ނިއު ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.