English Edition
Dhivehi Edition

ކޮވިޑް-19 ފެތުރުން ފެށުމާ ގުޅިގެން އަނެއްކާވެސް ފުވައްމުލައް ސިޓީ އަށް އަރާ ފޭބުން މަނާކޮށްފިއެވެ.

މިއަހަރުގެ މޭ މަސްތެރޭގައި ފުވައްމުލައް ސިޓީ އިން ކޮވިޑް 19 ފެނުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެރަށް މޮނީޓަރިންގައި އޮތުމަށްފަހު އެ ރަށް މޮނީޓަރިންއިން ނަގާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެހެންނަނަވެސް އަނެއްކާވެސް އެ ސިޓީއިން ކޮވިޑް19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށްލާފައިވާއިރު، ފަހުން ފެނުނީ ކިތެއް ކޭސް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާއިރު ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އެންމެންވެސް ވެކްސިން ޖެހުމަށް އިލްތިމާޒުކުރަމުންނެވެ. އަދި ބަލި ނެތް ރަށްރަށުގައި ވެސް މާސްކު އެޅުމާއި އެޗްޕީއޭގެ ގަވައިދުތަކަށް ބޯލެބުމަށް އިލްތިމާޒުކުރަމުންނެވެ.