English Edition
Dhivehi Edition

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެއްކަމަށެވެ

މި އިންސްޕެކްޝަންގައި ކޮވިޑްގެ ހާލަތާ ގުޅިގެން ރާާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ ބަލާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ގައުމުތަކާއި އެ ނޫން ވެސް ބައެއް ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ އިންޑިއާ މީހުން ކަރަންޓީނަށް ރާއްޖެ އައިސް ގެސްޓްހައުސްތައް ފުރާލާފައިވާއިރު ކަރަންޓީނަށް އަންނަ އިންޑިއާ މީހުން މުޅި ރަށުގައި އުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި ފަތުރުވެރިން ގޭގައި ބައިތިއްބާ މައްސަލަތައްވެސް ފެންމަތިވެފައިވާއިރި މިކަމާއި ގުޅުގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ،