އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ އާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފައެވެ.
މީގެއިތުރުން އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު އެ ކޮމިޓީއިން ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށްވެސް ރައީސް އަރިހުގައި އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ރައީސްވަނީ ކޮމިޓީގެ ކަންބޮޑުވުންތައް އަޑުއައްސަވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.