English Edition
Dhivehi Edition

ސޮނީ ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ “އިންޑިއަން އައިޑަލް’ގެ 12 ވަނަ ސީޒަން ޕަވަންދީޕް ރާޖަން ކާމިޔާބުކޮށްފިއެވެ.

ހަ ފައިނަލިސްޓުންނާއެކު ކުރިއަށް ގެންދިޔަ 12 ގަޑިއިރުގެ މި ޝޯވ އަކީ މިހާތަނަށް ”އިންޑިއަން އައިޑޮލް“ގައި ކުރިއަށް ގެންދިޔަ އެންމެ ކުލަގަދަ އެއް ޝޯއެވެ.

ރޭ، ބޭއްވި މި ޝޯގެ ގްރޭންޑް ފިނާލޭގައި އެއްވަނައަށް ޕަވަންދީޕް ހޮވުނުއިރު ރަނަރަޕުންގެ ގޮތުގައި ހޮވިފައިވަނީ އަރުނީތާ ކާންޖީލާލް އާއި ސަޔާލީ ކަމްބްލޭ އެވެ.

މި ޝޯ ފެށުނީއްސުރެ ގިނަ ބައެއްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާގެ ގޮތުގައި ފާހަގަކުރެވިފައިވާ ޕަވަންދީޕަށް މި ޝޯ ކާމިޔާބުކުރެވުމުން ޓްރޮފީއާއި އެކު 25 ލައްކަ ރުޕީސް އަދި އެންމެ މިޒަމާނުގެ ކާރެއް ވަނީ ލިބިފައެވެ.