English Edition
Dhivehi Edition

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން ތައްޔާރުވަމުން އަންނައިރު، ‘ކޯކް، ފުޑް އެންޑް ފުޓްބޯލް’ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޓީވީ އާއި ސްމާޓްފޯނު އަދި އެ ނޫންވެސް ތަފާތު އެތެއް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު، ލިބޭ ޕްމި ރޮމޯޝަން ކުރިއަށްދާނީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

ދިވެހިންނަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ޕްރޮމޯޝަން މެދުވެރިކޮށް ގޭގައި ތިބެގެން އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނަށް ހާއްސަކޮށްގެން ރަންކުލައިގެ މަތިޖެހި ކޯކު ފުޅިތައްވެސް ބާޒާރަށް ނެރެފައިވާއިރު މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300އެމްއެލް. 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ.

މި ގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށްގެން ބާޒަރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ، އަދި އިނާމު ބަލާ ދާއިރު ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެއެވެ.

މި ޕްރޮމޯޝަނުގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނު، 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖް(މިއީ ކޮންމެ މަހަކު ދޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެން ޑައިޒް ހިމެނެއެވެ.

“ކޮކާ-ކޯލާ އާއި ފުޓްބޯލަ ވަނީ ގުޅިލާމެހިފައި، ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފުޓްބޯލަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި ކޯކުގެ މީރު ރަހައިން، ކާތަކެތި އިތުރުށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފިޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ” ކޮކާ-ކޯލާ ރާއްޖޭހެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑްކަމުގައިވާ ކޮކާ-ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފައެވެ.

ރާއްޖޭގެ ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓަނަރުކަމަށްވާ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރު ހިއްކުން ފިލުވައިދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ.

މީގެއިތުރުން އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށް ގެންދެއެވެ.

ގޭގައި ތިބެގެން މިހާ އަގުހުރި ބަދަލެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ! އާއިލާ އަދި ރައްޓެހިނާއެކު ޕްރިމިއަ ލީގުގެ މެޗުތައް ބަލާލަން އެއްތަންވެލައި ކޯކުގެ މީރު ރަހައާއެކު ލުއިކާނާ އަށް އިންސާފުކޮށްލައިގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މި ވަނީ ފަހިވެފައެވެ.