English Edition
Dhivehi Edition
ފްރާންސްގެ ސަފީރާއި އެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ރާއްޖޭގެ ކުޅިވަރާއި އެތްލީޓުން ތަމްރީނު ކުރުމާއި ގުޅޭގޮތުން ފްރާންސްގެ ސަފީރާއި އެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަޝްވަރާކުރައްވައިފިއެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ފްރާންސް އިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖީން ފްރެންކޯޒް ޕެކްޓެޓް އާއި ބައްދަލު ކުރައްވާ ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި އެތްލީޓުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި އެތްލީޓުން ތަމްރީން ކުރުމުގައި ރާއްޖެއިން ގެންގުޅޭ ދުރުރާސްތާ ޕްލޭން މިނިސްޓަރު ރާފިއު ވަނީ ފްރާންސްގެ ސަފީރާއި ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ރާފިއު އާއި ފްރާންސްގެ ސަފީރު އާއި ދެބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ފްރާންސްއިން ތަމްރީނުތައް ކުރިއަށް ގެންދެވޭނެގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފަ. އަދި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ފްރާންސްގެ ފަރާތުން ކޮށްދެވިދާނެ ކަންކަން ފްރާންސްގެ ސަފީރު ވަނީ މިނިސްޓަރ ރާފިއު އާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމާލުމުގެ ކުރިން ފްރާންސްގެ ސަފީރު ވަނީ ކުޅިވަރުގެ ސިޔާސަތުތަކާއި މުހިންމު މައްސަލަތާކާއި ބެހޭގޮތުން ކޮމަންވެލްތުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް، ފްރާންސްގައި އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އާއި 11 ވަނަ ކޮމަންވެލްތް މިނިސްޓަރސް ބައްދަލު ވުމަށް މިނިސްޓަރ ރާފިއު އަށް ދައުވަތު ދެއްވާފައެވެ.

ކޮމަންވެލްތް މިނިސްޓަރސްގެ ބައްދަލުވުން ކުރިއަށް ދާނީ ޖުލައި މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.

ޓެގު