ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ދައުވާއެއް ނޫން ކަމަށާއި، އެމަނިކުފާނަށް އިންސާފު ލިބުން ދެން ލަހެއް ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ،އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އެކަނި ގޮތެއް ނިންމުމަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
Thakuraarukoh dhannavan! RY ah koffaivanee MMPRC ge corruption aa gulhey dhauwaa eh noon! E ee faasigu heki ufadhdhaigen, siyaasee beynumakattakai koffaivaa nuhaqqu dhauwaaeh, RY ah insaafu libun dhen laheh nuvaane, IA. Rayyithun edhenee RY ge za-aamathah!https://t.co/8e0GtE6d4b
— Adam Shareef Umar (@Adamshareefz) August 14, 2021
މި ގޮތުން އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވަނީ ފާސިގު ހެކި އުފައްދައިގެން، ސިޔާސީ ބޭނުމަކަށްޓަކައި ކޮށްފައިވާ ނުހައްގު ދައުވާއެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފު ލިބުން ދެން ލަހެއް ނުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އާދަމް ޝަރީފް ވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ޒައާމަތެއްކަމުގައި ހާމަކޮށްފައެވެ.