މޫނުގައި ބިހި ނެގުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ކޮންމެ އުމުރެއްގައި މިހެން ދިމާވެދާނެއެވެ. އަދި ބިހި ނެގުމަށްފަހު މޫނުގައި ޖަހާފައިވާ ލައްތައް ފިލުވައިލުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އެކަމަކު އެކަމަށް ފަރުވާ ކުރަން އެނގިއްޖެނަމަ އެއީ ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ބައެއްފަހަރު ގައިގެ އެހެން ދިމަދިމާލުގައި ވެސް ބިހި ނުނެގި ނަމަވެސް ބައެއްކަހަލަ ކަޅުތިކި ތަކެއް ހުރެއެވެ. މި ފަދަ ކަޅު ތިކިތައް ފިލުވާލަން ވެސް މިރެމެޑީ ބޭނުން ކޮށްލެވިދާނެއެވެ. ތިރީގައި މިވަނީ މިފަދަ ލައްތައް ފިލުވާލަން ގޭގައި ފަސޭހަ ރެމެޑީއެއް ތައްޔާރު ކޮށްލާނެގޮތެވެ.
ބޭނުންވާ ތަކެތި:
4 މޭޒުމަތީ ސަމްސާ އަލްމަންޑް ޕައުޑަރ
3 މޭޒުމަތީ ސަމްސާ ލުނބޯހުތް
2 މޭޒުމަތީ ސަމްސާ ހިކިކިރު
ތައްޔާރުކުރާނެގޮތް:
މަތީގައި ބުނެފައިވާ ހުރިހާ އެއްޗެއް ތައްޓަކަށް އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު މޫނުގައި ނުވަތަ ކަޅު ލައްތައް ހުރި ކޮންމެ ތަނެއްގައި މި ސްކްރަބް އުނގުޅުމަށްފަހު 30 މިނެޓްވަންދެން މަޑު ކުރުމަށްފަހު ދޮވެލާށެވެ. މި ސްކްރަބް ކޮންމެ ދުވަހަކު އެއްމަސްވަންދެން ބޭނުން ކުރުމުން ނަތީޖާ ފެނިގެންދާނެއެވެ.
ހަމުގެ ކޮންމެ މައްސަލައަކަށް ހައްލު ހޯދުމަށް ބާޒާރުގައި ތަފާތު ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ވިއްކަން ހުރެއެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ ކުރިން ގުދުރަތީ އެއްޗިހި ބޭނުންކޮށްގެން މިގޮތަށް ގޭގައި ތައްޔާރުކޮށްލެވޭ ރެމެޑީތައް ބޭނުންކޮށްގެން މައްސަލަތަކަށް ހައްލުލިބޭތޯ ބަލައިލުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އަޅުގަނޑުމެންގެ ހަނގަޑަކީ ވަރަށް ނާޒުކު އެއްޗަކަށް ވުމާއެކު ހަންގަނޑުގައި ބާރުގަދަ އެއްޗިހި އުނގުޅުމުގެ ކުރިން ވިސްނާލުން ބުއްދިވެރިއެވެ.