ކޮންމެ އިންސާނަކުވެސް ފުރާވަރަށް އެރުމަށްފަހު ހަށިގަނޑަށް އަންނަބަދަލުތަކުން ކަންބޮޑުވެއެވެ. ޚާއްސަކޮށް މޫނުގެ ހަންގަނޑަށް ކުރިމަތިވާ ބިހިތައްނެގުމާއި ލަކުނު އަދި މިކަންތައް ދުރުކުރުމަށް ބާރުގަދަ ކެމިކަލްހިމެނޭ ފޭސްކްރީމް ތަކާއި ބޭސްތައް ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހުމުން މުސްކުޅިވީކަމުގެ އިހުސާސްކުރެވެއެވެ. އެހެން ނަމަވެސް މި ދުވަސްވަރަކީ މިފަދަ ބަދަލުތައް ހަންގަނޑަށް އައުމުން ކަންބޮޑުވެގެން އުޅެންޖެހޭ ދުވަސްވަރެއް ނޫނެވެ. އެގޮތުން ހަންގަނޑަށް ފަރުވާ ދިނުމަށް ކެމިކަލް ނުހުންނަ އެއްޗިހި ބޭނުންކޮށްގެން ވަރަށް ގިނަ ހޯމްރެމެޑީ ތައް ގޭގައި ތައްޔާރުކޮށްލަން ވަރަށް ފަސޭހައެވެ.
މިގެންސްދޭ ޗޮކްލެޓް ފޭސް މާސްކަކީވެސް އޭގައި ހަންގަނޑަށް ބޭނުންވާ ގިނަގުނަ ފައިދާ ތައްއެކުލެވޭ އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ މާސްކެކެވެ. ޗޮކްލެޓަކީ އޭގައި އެންޓި އޮކްސިޑެންޓް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1/4 ޖޯޑު ޑާކްޗޮކްލެޓް ވިރުވާފައި
2 މޭޒުމަތީ ސަމްސާ ހެވީ ކްރީމް
1 މޭޒުމަތީ ސަމްސާ މާމުއި
1 މޭޒުމަތީ ސަމްސާ ލުނބޯހުތް
މިހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްފައި ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ދެން ކޮންމެ ދުވަހަކު މިމާސްކް މޫނުގައި އުނގުޅުމަށްފަހު ހަންގަނޑަށް އަންނަ ބަދަލު ބަލައިލާށެވެ.
ހަންގަނޑުގެ ޒުވާންކަމާއި ރީތިކަން ދެމެހއްޓުމަށްޓަކައި ބޭނުން ކުރަން އެންމެ ރަނގަޅީ ޤުދުރަތީ ފަރުވާތަކެވެ. ސަބަބަކީ، ހަންގަނޑަށް މުހިންމު ވިޓަމިން ތަކާއި އެކި މާއްދާތައް އެންމެ އެދެވޭ ގޮތުގައި ލިބެން ހުންނަނީ، ތާޒާ މޭވާ އާއި އެހެނިހެން ޤުދުރަތީ ބާވަތްތަކުގައި ކަމުގައި ވާތީއެވެ. އަދި ގިނަފަހަރަށް ވިއްކަން ހަދާފައި ހުންނަ ކޮސްމެޓިކްސްގެ ބާވަތްތަކަކީ ގިނަ އަދަދެއްގެ ކެމިކަލްތައް އެކުލެވޭ އެއްޗެއްކަމަށް ވެފައި، އޭގެ ސަބަބުން ހަންގަނޑަށް ތަފާތު ގޮތްގޮތުން ގެއްލުންތައް ލިބޭ އެއްޗަކަށްވާތީއެވެ.