އަނބަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން “އޭ” އާއި “ސީ” ހިމެނޭ މޭވާ އެކެވެ. މި ދެ ވިޓަމިނަކީވެސް ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދެ މާއްދާއެވެ. ވިޓަމިން “އޭ” އިން ހަންގަނޑުގައި ޖެހޭ ރޫތަކާއި ލަތްތައް ފިލުވައި ދެއެވެ. އަދި ވިޓަމިން “ސީ” އިން ހަންގަނޑު އަލިކޮށްދީ ތީތި ކޮށްދެއެވެ.
އަނބަކީ އޭގައި އެންޓި އޮކްސިޑެންޓް ވަރަށް މަތި މޭވާ އެއްކަމުން އިރުގެ އަލިން އަނދާފައިވާ ހަންގަނޑު ތާޒާކޮށްދެއެވެ. އެހެން ކަމުން އަނބު ބޭނުންކޮށްގެން ފޭސް މާސްކް، ،ސްކްރަބެއް ތައްޔާރު ކޮށްގެން ނޫނީ ކެއުމުގައި ބޭނުން ކޮށްގެން ހަންގަނޑަށް ފަރުވާ ދެވިދާނެއެވެ.
1- ސްކިން މޮއިސްޗަރ ކުރުން:
އަނބުގައި ހިމެނޭ ވިޓަމިން “އޭ” ގެ ސަބަބުން ހަންފޮޅި ހިކިފައި ހުންނަ ހަންގަނޑު ތާޒާކޮށް ދެއެވެ. އަނބުގެ ތޮށި ނޮޅާލުމަށްފަހު ބްލެންޑަރުން ބްލެންޑް ކުރުމަށްފަހު ޕޭސްޓް މޫނުގައި އުނގުޅާށެވެ. 10-15 މިނެޓަށް ބެހެއްޓުމަށްފަހު ފެނުން ދޮވެލާށެވެ. ހަފްތާ އަކު 3 ފަހަރު މިގޮތަށް ބޭނުން ކޮށްލެވިދާނެއެވެ.
2- މޫނުގައިނަގާ ބިއްސާއި އޮށާޅަ އަށް:
އަނބުގައި ހިމެނޭ އެންޓި އޮކްސިޑެންޓުން މޫނުގައި ނަގަފައިވާ ބިހި ތަކާއި އޮށާޅަތަކަށް ފަރުވާލިބި ބެކްޓީރިއާތައް މަރުވެއެވެ. ހަފްތާއަކު 4ފަހަރު އަނބު ޕޭސްޓު މޫނުގައި އުނގުޅައި ބިއްސަށް ފަރުވާ ދެވިދާނެއެވެ.
3- ލޯކައިރި ކަޅުވުމާއި ލޯ ދުޅަވުން ކުޑަކުރުމަށް :
އަނބުގައި ހިމެނޭ ވިޓަމިން “ކޭ” އިން ލޯކައިރި ކަޅުވުމުގެ މައްސަލަ އަށް ފަރުވާ ލިބެއެވެ. އަދި ލޯކައިރި ދުޅަވުމާއި ލޮލުގެ ވަށައިގެން ވާ ހަންގަނޑު ބާރުވެ ރީތިކޮށްދެއެވެ. މިކަންކަން ހައްލު ކުރުމަށް ލޯކައިރީ ފުނޑާފައިވާ އަނބު ޕޭސްޓް އުނގުޅާށެވެ.
ހަފްތާއަކު 4ފަހަރު އަނބު ޕޭސްޓު ލޯކައިރީ އުނގުޅައި ފަރުވާ ދެވިދާނެއެވެ.
4- ހަންގަނޑު އަލިކުރުން:
އަނބުގައި ހިމެނޭ ވިޓަމިން “އޭ” އާއި ވިޓަމިން “ސީ” އިން ހަންގަނޑު އަލިކޮށް ތާޒާކޮށްދެއެވެ. ހަފްތާއަކު 3ފަހަރު އަނބު ޕޭސްޓު މޫނުގައި އުނގުޅައި ފަރުވާ ދެވިދާނެއެވެ
5- ހަންގަނޑު އޮމާން ކުރުން:
އަނބުގައި ހިމެނޭ އެންޓި އޮކްސިޑެންޓުން ހަންގަނޑުގައި ޖެހޭ ކުދި ރޫތައް ފިލައި ހަންގަނޑު ބާރުކޮށްދީ އޮމާންކޮށް ދެއެވެ. ޒުވާން ހަންގަނޑެއް ބޭނުން ނަމަ އަނބު ޕޭސްޓް މޫނުގައި އުނގުޅާށެވެ.