ޒައީމާ އަށް އޭއޯނިއުސް ގެ އާޓިކަލްގައި އެދިފައިވާ އެހީގައި މާލެ އައިސް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ހިތުގެ ޓެސްޓް ތައްހަދައި ބަލި ދަނެގަނެވިފައެވެ. ޑޮކްޓަރ ބުނެފައިވަނީ ޒައީމާގެ ހިތުގައި ލޯވަޅެއް އުފެދިފައިވާ ކަމަށާއި ވީހާ އަވަހަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ފުރުމަށެވެ.
ޒައީމާގެ އާއިލާ މެމްބަރަކު ބުނީ، އިންޑިއާ އަށް ފުރުމަށް އާސަންދަ ހަމަޖެއްސުމަށް ފޯރމް ލާފައިވާ ކަމަށެވެ. އަދި އާސަންދަ ހަމަ ޖެހުނު ކަމުގައި ވިޔަސް އެހެން ހަރަދު ބަލަހައްޓަން ފައިސާ ބޭނުންވާ ކަމަށެވެ. ޒައީމާގެ ހަށިގަނޑުގެ އެއްފަޅި އައްސިވެ ހިނގަން އުނދަގޫ ވެފައިވާތީ އެމީހުން އެދެނީ ވީހާވެސް އަވަހަށް ފުރުމަށް ކަމަށާއި ޒައީމާ އަށް އަވަހަށް ފަރުވާލިބި ބަލިންފަސޭހަވެގެން އައިސް 5 ދަރިންނާއެކީ އުޅުންކަމަށް އާއިލާއިން ބުންޏެވެ.
ޒައީމާ ފަރުވާއަށް މާލެ އައިގޮތަށް އިންޑިއާ އަށް ފުރުމަށް ތައްޔާރުވުމަށް އަދިވެސް އިނީ މާލޭގައެވެ.
ޒައީމާގެ ބައްޔަށް ވީހާވެސް އަވަހަށް ފަރުވާ ހޯދަން ޖެހޭތީ އިންޑިއާ ގޮސް ތިބުމާއި ކެއުން އަދި އިންޑިއާގައި ބޭސްފަރުވާ އަށް މަޑުކުރަންޖެހޭ މުއްދަތު ނޭނގޭތީ އާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ތަނަވަސް ކަމެއް އެއާއިލާގައި ނެތެވެ. އެހެން ކަމުން ޒަޢީމާ އަށް ވަނީ ވަރަށް ބޮޑަށް ފައިސާގެ އެހީ އަށް ބޭނުން ވެފައެވެ. ޒައީމާގެ އާއިލާއިން އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ ޒައީމާ އަށް ހެޔޮދުއާ ކޮށްދިނުމެވެ.
ޒައީމާގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7577513 (ޒައީމާ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް ޒައީމާގެ އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.
ފައިސާ އެކައުންޓް ނަންބަރު: 7716311421101
އެކައުންޓް ނަން: ޒައީމާ ހަސަން
ނޯޓް: ޒައީމާގެ ފަހުގެ ރިޕޯރޓާއި ޑޮކްޓަރގެ ލިޔުން މިއާޓިކަލްގައި ހިމަނާފައި ވާނެއެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)