އުމުރުން ދުވަސް ވުމަކީ ވެސް ވަރަށް ގިނަ ބަދަލު ތައް ހަށިގަނޑަށާއި ހަންގަނޑަށް އަންނާނެ ކަމެކެވ . އެގޮތުން ހަންގަނޑުގެ އެކިއެކި މައްސަލަތައް އަދި ހާއްސަކޮށް ހަންގަނޑުގައި ރޫޖެހުން ހިމެނެއެވެ. މިފަދަ ބޮޑެތި ބަދަލުތައް އައުމަކީ އެއްވެސް މީހަކަށް އުފާވެރި ކަމަކަށް ނުވާނެއެވެ. އަދި މި ކަމަށް އެކި އެކި އެންޓީ-އޭޖިންގ ކްރީމް ތަކާއި އެހެނިހެން އެއްޗިހި ބޭނުން ކުރުމުން އެދެވޭ ބަދަލު ނުފެނިދާފަހަރު ގިނައެވެ.
މި ކަމަށް އެންމެ އަވަސް ހައްލު ހޯދުމަށް ބަދިގެ ތެރެގައި ހުންނަ އެއްޗިހި ބޭނުން ކޮށްގެން ރެމެޑީ އެއް ތައްޔާރު ކުރާނެ ގޮތް އެކަމާއި ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑޮކްޓަރ ސްމިތާ ނަރަމް ވަނީ ކިޔައި ދީފައެވެ. ތިރީގައި މިވަނީ ފަސޭހައިން ލިބޭނެ ތަކެތި ބޭނުންކޮށް ލައިގެން މޫނުގައި ހުންނަ ރޫތައް ފިލުވައި ހަންގަނޑު އޮމާން ކޮށްލުމަށް ބޭނުން ކުރެވިދާނެ ރެމެޑީ އެއް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުން ވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ދޮންކެޔޮ (ޗަސްކޮށްފައި)
1/4 މެޒުމަތީ ސަމުސާ ގީ (ގިތެޔޮ)
1 މޭޒުމަތީ ސަމުސާ ސެސަމީ ޕައުޑަރ
1/2 މޭޒުމަތީ ސަމުސާ އަލްމަންޑް މިލްކް
1/2 މޭޒުމަޓީ ސަމުސާ އަލޮވެރާ ޖޫސް
1 އަލްމަންޑް
ތައްޔާރު ކުރާނެގޮތް:
ދޮންކެޔޮ، ގީ (ގިތެޔޮ)، ސެސަމީ ސީޑް ޕައުޑަރ، އަލްމަންޑް މިލްކް، އަލޮވެރާ ޖޫސް އަދި އަލްމަންޑް (ތޮށި މަށާފައި) ފެން އެޅުމަށް ފަހު ބްލެންޑަރަށް އަޅާފައި ޕޭސްޓް ހުންނަ ގޮތަށް އެއްކޮށްލާ ށެވެ. ދެން ފްރިޖް ގައި ބަހައްޓާފައި ހަފްތާ އަކު އެއް ދުވަހު މޫނުގައި މި ޕޭސްޓް އުނގުޅުމަށް ފަހު މަސާޖް ކުރާށެވެ.
މީގެ އިތުރުން ހަންގަނޑު އޮމާން ކޮށް ރީތި ކުރުމަށް ކެއުމުގައި ފެން ހުންނަ މޭވާ އާއި ތަރުކާރީ ގިނައިން ކެއުމަށް ސަމާލު ކަން ދޭން ޖެހެއެވެ. އެގޮތުން ކެރެޓް، ރެޑިޝް، ކިއުކަމްބާ އަދި ކަރާ ކެއުމުގައި ހިމެނުން ރަނގަޅެވެ. އަދި ކަސްރަތު ކުރުމާއި ގިނައިން ފެން ބުއިމަކީ ވެސް ހަށިގަނޑާއި ހަންގަނޑު ރީތި ކޮށްދޭނެ ކަމެކެވެ.