English Edition
Dhivehi Edition
ފުވައްމުލަކު ސްކޫލްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި: ފޮޓޯ ފުވައްމުލަކު ސްކޫލް

މި އަހަރު ސްކޫލް ނިންމި ދަރިވަރުންނަށް ވެކްސިން ޖަހާނީ ކިޔެވި ސްކޫލް މެދުވެރިކޮށް ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

އަންނަ ހަފްތާއިން ފެށިގެން ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފަށާއިރު އުމުރުން 12 އަހަރާއި 17 އަހަރުގެ ހުރިހާ ކުދިންނަށް ވެކްސިން ދެވޭތޯ ކަށަވަރު ކުރާނެއެވެ.

މި އުމުރުފުރައިގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު މިވަގުތު ސްކޫލްގައި ނޫޅޭ ކުދިންގެ ތެރެއިން އެންމެ ފަހުން ގްރޭޑް 10 ނިންމި ކުދިންނަށް ސްކޫލް މެދުވެރިކޮށް ވެކްސިން ޖަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެޗްއީއޯސީ އިން ބުނީ އެންމެ ފަހުން ސްކޫލް ނިންމި ކުދިންނަށް ވެކްސިން ޖެހުމަށް ސްކޫލުން ގުޅަމުން ގެންދާނެކަމަށެވެ.

މީގެ އިތުރުން ސްކޫލްގައި ނޫޅޭ އެ އުމުރު ފުރައިގެ ކުދިންނަށް ވެކްސިން ދިނުމަށް މާލެ ސަރަހައްދުގައި އެޕޮއިންޓްމެންޓް އުސޫލު ހަމަޖައްސައި އިއުލާނު ކުރާނެކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން އެކަން އަންގަމުންދާނެ ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.