English Edition
Dhivehi Edition

މިއަދުން ފެށިގެން ހުޅުމީދޫގައި ދެމުން އަންނަ ފެނުގެ ހިދުމަތުން، ބިޒްނަސް، ބިޒްނަސް ސްޕެޝަލް އަދި ގަވަރމެންޓް ކަސްޓަމަރުންނަށް ދޫކޮށްފައިވާ ފެނަށް ބިލްކުރުމަށް ހަމަޖައްސައިފިއެވެ. ހުޅުމީދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިޔަފާރިކުރާ ފަރާތްތަކަށް މި ކަން އެންގުމަށްޓަކައި 30 މެއި 2017 ވަނަ ދުވަހު އެ ފަރާތްތަކަށް ލިޔުމަކުން އަންގާފައިވާއިރު ބިލްކުރެވޭ ގޮތަށް ދޫކުރެވޭ ފެން ބޭނުންފުޅުނުވާ ފަރާތްތަކުން ލިޔުމަކުން 31 މެއި 2017 ގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެންގުމަށް އެ ކުންފުނީގެ ފަރާތުންވަނީ އެދިފައެވެ. މިހާ ކުޑަ މުއްދަތެއް ދިނުމަށްފަހު އެންގި އެންގުމާ ގުޅިގެން ވިޔަފާރިވެރިން ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކާފައިވާއިރު އެ ފަރާތްތަކުން ވަނީ ފެނުގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާފައެވެ.” އަދި ފެން ރަގަޅަށް ދޫކުރަން ފެށިތާ ދެ ހަފްތާވެސް ނުވޭ. އަނެއްކޮޅުން ހިދުމަތް ބޭނުން ނޫން ފަރާތްތަކުން ރަސްމީކޮށް ލިޔުމަކުން އަންގަންވެސް މިދިނީ އެންމެ ދުވަހެއް.” ވިޔަފާރިވެރިއަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ބުންޏެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި އޭއޯ ނިއުސްގެ ފަރާތުން ފެނަކަ ހުޅުމީދޫ ބްރާންޗްގެ ޑިޕިއުޓީ ޑިރެކްޓަރ މުޙައްމަދު އަޒްލީން އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ބެހޭ ގޮތުން އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ވިޔަފާރިކުރާ ތަންތަނުން މިއަދުން ފެށިގެން ފެނަށް ބިލްކުރާ ގޮތަށް ހަމަޖެހިފައިވާ އިރު 01 ޖުލައި 2017 އިން ފެށިގެން ގޭބިސީތަކަށް ދޫކޮށްފައިވާ ފެންނަށްވެސް ބިލްކުރަން ފަށާނެކަމަށް އުކުންފުނީގެ ފަރާތުން ވަނީ އަންގާފައެވެ. މީގެ ކުރިން ފެނަކަ ކޯޕަރޭޝަން އިން ދޫކޮށްފައިވާ ފެނަށް ބިލްކޮށްފައި ނުވާ އިރު އެ ކުންފުނިންވަނީ 03 މަހަށްވުރެ ގިނަ މުއްދަތަކަށް ހުޅުމީދޫގެ ރައްޔަތުންނަށް ހިލޭ ފެން ފޯރުކޮށްދީފައެވެ.