ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުން އިއްވާފައިވަނީ ޖިންސީ ގޯނާގެ 6 ދައުވާ އާއި މުވައްޒަފުންތަކެއް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ކުރިއަށް ގެންދާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށްވެސް އޭނާ ހާޒިރުވެފައި ނުވާތީއެވެ،
ސުޕްރީމް ކޯޓަށް މިއަދު 13:00އަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިއަދުގެ ޝަރީއަތުގައި މި މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އަލީ ވަހީދަށް ސުޕްރިމް ކޯޓުގެ އަމުރު ލިބި އެ އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާއި މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާއި މެދު ސުވާލު އުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެން ދާނެ ކަމެއްކަމަށެވެ. އިތުރަށް ހުސްނުއް ސައީދު ވިދާޅުވީގާނޫނުގައިވާ ފަދައިން ކޯޓުތަކުން އެއްވެސް މީހެއް ފަރަގު ކުރުމެއް ނެތި، އަލީ ވަހީދާއި މެދު ވެސް ފިޔަވަޅު އެޅެން ޖެހޭނެކަމަށެވެ.