English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ހިންދޫ ދީނުގެ ކާޓޫނެއް ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބަލަމުންދަނީ ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައިވާ ހިންދޫ ދީނުގެ މަޝްހޫރު ކާޓޫނެއް ކަމަށްވާ “ޗޯޓާ ބީމް” ކުރަހަފާއިވާ ޗޮކްލެޓެއް ވިއްކާ މައްސަލައެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާ ކަމުގެ ޝަކުވާ އެ އިދާރާ އަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކަމާއި ގުޅުން ހުރި އެހެން އިދާރާތަކާއި ގުޅިގެން އެކަން ބަލަމުން އަންނަކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނާއި ހެދުމާއި އަދި އެ ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ އެއްޗެހި ވިއްކުމާއި ގެންގުޅުމާއި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.