English Edition
Dhivehi Edition

ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން އިންޑިއާ މީހަކު މަސައްކަތް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލެ ނިރޮޅުމަގުގެ 19 ވަނަ ގޯޅިން ކާރު ދުއްވާފައި ދަނިކޮށެވެ. ހުޅުލޭ އައިލެންޑް ހޮޓެލުން ދަތުރުނެގި އިންޑިއާ މީހާ ޑްރައިވަރު މަރާލަން މަސައްކަތްކޮށްފައިވަނީ، ދަތުރު ފައިސާ ދޭން ބުނުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެއެވެ.

މި ގޮތުން އިންޑިއާ މީހާ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅާލައިގެންނެވެ.އަދުކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި ކާރު ވަނީ ހުއްޓިފައެވެ.

ޑްރައިވަރަކު މަރާލަން އިންޑިއާ މީހާ މަސައްކަތް ކުރުމުން އެސަރަހައްދަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައިވާއިރު އަދި މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.