English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

ހުޅުމާލެ ފޭސް 1 ގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި ގެއްލުން ލިބުނު މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި އިރު، ސައިކަލު ދުއްވަން ތިބި މީހުންގެ ލައިސެންސް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.