English Edition
Dhivehi Edition

ގއ ވިލިނގިލި ކައުންސިލްގެ މުވައްޒިފުންނަށް އަމާޒުކޮށް ޚާއްސަ ޓްރެއިނިންގ ޕުރޮގްރާމެއް ބާއްވައިފިއެވެ.

ކައުންސިލްގެ މުވައްޒިފުންނަށް އަމާޒުކޮށް ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން “އެޗް އާރު ބެސްޓް ޕްރެކްޓިސް އެންޑް ސަރވިސް އެފިޝެންސީ” ޓްރެއިނިންގ ޕްރޮގްރާމް 08 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ ވަނީ ގއ އަތޮޅު ކައުންސިލް ހޯލުގައި ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގެ ފަންނީ ބޭފުޅެއްކަމަށްވާ ގއ. ވިލިނގިލީ ވާދީއާގޭ ފާޠިމަތު މުނާ އެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލްގެ މުވައްޒިފުން ހިމެނޭހެން 22 މުވައްޒަފަކު ވަނީ ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަސަންވާހަކަ ދެއްކެވިއެވެ. ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގއ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީނެވެ.

ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދްމަތްތައް މިހާރަށްވުރެ ހަލުއިކޮށް އަދި ޚިދްމަތުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީންގެ ފުރުޞަތު ފަހިކުރުމަކީ ކައުންސިލްގެ އަމާޒެކެވެ.