English Edition
Dhivehi Edition

މަޝްހޫރު ޓީވީ ޑްރާމާ ޕްރަތިކްޔާ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އަނޫޕަމް ޝިޔާމް މަރުވެއްޖެއެވެ.

ކިޑްނީ އިންފެކްޝަނެއްގެ ސަބަބުން މުމްބާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އަނޫޕަމް މަރުވެފައިވާކަން އޭނާގެ ގާތް އެކުވެރިޔާ ޔަޝްޕާލް ޝަރްމާގެ އިތުރުން ޕްރޮޑިއުސަރ އާޝޯކް ޕަންޑިތްވެސް ވަނީ ޔަގީންކޮށްދީފައެވެ.

މިހާރު ދައްކަމުންދާ ޕްރަތިކްޔާ 2 ގައި ވެސް އަނޫޕަމް ފެނިގެން ގޮސްފައިވާއިރު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހަފްތާ ތެރޭގައެވެ. ފަހަކަށް އައިސް ވަރަށް ބަލިކޮށް އުޅެމުންދާ އަނޫޕަމް ގެ މަރާއި ގުޅިގެން ޕްރަތިކްޔާގެ ޓީމުން އޭނާގެ އާއިލާއަށް ތައުޒީޔާ ކިޔާފައިވާއިރު އޭނާގެ ވަކިވުމާއި ގުޅިގެން މުޅި ޓީމަށްވެސް ބޮޑު ހިތާމައެއް ލިބިފައިވާކަމަށް ޑްރާމާގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.