English Edition
Dhivehi Edition

ގައުމަށް ހިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިހެން ވިދާޅުވީ ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ ‘އުންމީދީ ސައްލާގެ’ 3ވަނަ ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ގޮތުން އުގެއިލް ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމަށެވެ. ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން ފާހަގަކޮށް އުގެއިލް ވިދާޅުވީ ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި އޭނާ ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަވަމުން ގެންދަވާ އުގެއިލް 223 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިކަމާއި ގުޅޭ ގޮތުން އުގެއިލް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.