English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން އެންމެން ރައްކާތެރިކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޕްރޮފިސަރ ހަސަން އުގައިލް ވިދާޅުވެއްޖެެއެވެ.

އުގެއިލް މިއަދު އޭނާގެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައިން ގަޔަށް އަރާ މި ވައިރަހުގެ އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ 65 އިންސައްތަ މީހުންނަށް ބަލި ޖެހި 10،000 (3 އިންސައްތަ)މީހުން މަރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބަލި ޖެހިގެން މަރުވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ގިނަވާނެ ކަމަށާއި އޭގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ތިބެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.

އުގެއިލް ވިދާޅުވީ ބަލި ޖެހޭ ޒުވާނުންނާއި ޞިއްޙަތު ރަނގަޅު މީހުން ބަލިން ރަނގަޅުވާނޭ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ. ދިގު މުއްދަތަށް ވިސްނާ ނަމަ މިއީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މިއަދާއި ހަމައަށް 9 މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ. އެއްވެސް ދިވެއްސަކަށް މި ވައިރަސް މިހާތަނަށް ޖެހިފައި ނުވާއިރު ވައިރަސް ޖެހުނު އެންމެންނަކީވެސް ރާއްޖޭގެ ރިސޯޓްތަކުން ވައިރަސް ޖެހުނު މީހުންނެވެ.
މި އެންމެން ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަރަންޓީން ކުރެވިފައި އެވެ.

2 ކޮމެންޓް
Nan
މާޗް 15, 2020
Mulhiakun goas vaahaka eh noon.... Rajjeygaivx ginai bunaagothah hadhaa meehunah sure bunaagothah nahadhaa meehun..... Magumahchah kulhuvx jahanvee... Mudhaavx gadukoh game geyah vahdhanvee.... Aharen ugail e buni ehchah thaaeedhu..... Meehun kithanme rulhi ayas...
Kamaal
މާޗް 14, 2020
Mee nayah koacheh egenee beethaa.