English Edition
Dhivehi Edition
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ނަޝީދު.ކޮޓް

ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، އެ މަނިކުފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެއްބަނޑުއެއްބަފާ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވި ސިޓީއެއްގައި ވަނީ އެމަނިކުފާނުގެ ބަޔާނެއް މުހިންމު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިޔާގައި ވިދާޅުވެފައި ވާތީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެ މައްސަލައިގައި އަދި މިހާތަނަށް ރައީސް ނަޝީދުގެ ބަޔާނެއް ލިބިވަޑައިގެންފައި ނުވާކަމަށް ޕީޖީ އޮފީހުން ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، ރައީސް ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ތަހުގީގަށް ބަޔާނެއް ދެއްވަން ނިންމަވާފައިވާކަމެއް އަދި ނޫންކަމެއްވެސް ރައީސް ނަޝީދު ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމާފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.