English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު, ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ،

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ މއ. ކިނބިގަސްދޮށުގެ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫނަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށް ވިދާޅުވެ، ޖާބިރު ވަނީ އިއްޔެ މއ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގޭގައި ހުރި ވެޔޮގަނޑަކަށް ވެސް ގެއްލުން ދެއްވާފައެވެ.

ކިނބިގަސްދޮށުގެ ކައިރި އަށް ވަޑައިގެން، އެތަނުގައި އިރުކޮޅަކު މަޑު ކުރައްވާ ޖާބިރު ވަނީ ބަޔާނެއްވެސް ދެއްވާފައެވެ، މި ގޮތުން ޖާބިރު ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިންވެސް އޭނާ އަށް އިންސާފު ލިބިވަޑައިނުގެންނެވި ކަމަށާއި އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފު ގާއިމް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އޭނާ އެތަނުގައި ހުންނެވީ ކިނބިގަސްދޮށުގެ އާއި ހަވާލުވުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ،

 

 

 

2 ކޮމެންޓް
އައްނި
އޮގަސްޓް 6, 2021
މީހަކު މަރަން ފައިސާދީފަވެސް. ސަރުކާރު ވައްާލަން ފައިސާ ދީފަވެސް އެ ވެދޭ ސިޔާސީ ހަރަކާތެއް ހިންގަން ދިން ފައިސާއަށް. މައުމޫނުއަށް ޖާބިރު ދިންކަމަށް ބުނާ ފައިސާ އެއީ ވެރިކަން ވައްޓާލަން ދިން ފައިސާ ތަކެއް. އެފައިސާއިން އެމަސައްކަތް ކޮށް ނިންމާފަ އޮތީ. ޖާބިރު ސަރުކާރު ވައްޓާލަން އުޅުމުގެ މައްސަލަ ތަހުގީގު ކުރަން ފެނޭ.
ބަޓީ
އޮގަސްޓް 6, 2021
ރީތިވެއްޖެއެއްނު. ޖާބިރު އަތުން 29 މިލޔަން ރުފިޔާ ޕަކަޅާ ކޮށްގެން އެމައްސަލަ ފުލުހަށް ހުށަހެޅުމުން އެމައްސަލަ ބެލޭ ގޮތެއް ނުވޭ. ކިބިގަސްދޮށުގޭ ބޭރު ފާރުމައްޗަށް އަރާފަ އޮތް ވެޔޮގެ މައްސަލަ މި ބަލަން ފެށުނީ