English Edition
Dhivehi Edition

ކޮވިޑް19 ޖެހިގެން ފުވައްމުލައް ސިޓީއިން މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:00 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެނެވުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެފައިވާކަމަށެވެ. މިއަދު ފުވައްމުލަކުން ނިޔާވެފައިވަނީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން އެއީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 222 ވަނަ މީހާއެވެ.