English Edition
Dhivehi Edition
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު، 06 ޑިސެމްބަރު 2019ގައި ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރެލީއެއްގައި - ފޮޓޯ: ފަޔާޒު މޫސާ (ސަން)

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, ދޮގު ބަޔާނެއް ދިންކަމަށް ތުހުމަތުކޮށް، ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ދިހަ ދުވަސް ދީފިއެވެ.

މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވިދާޅުވީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. އެހެންކަމުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ މުއިއްޒަށް ދީފައެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.