English Edition
Dhivehi Edition

މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު (36އ)އެވެ.

ފުލުހުން ބުނީ މި މީހާ ހޯދުމަށް އިއުލާންކޮށްފައިވަނީ، ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށްކަމަށެވެ.

ފުލުހުން ބުނީ މި މީހާ ފުލުހަށް ހާޒިރުކުރަން ބޭނުންވަނީ 2021 ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68ރ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްކަމަށެވެ.

މިމީހާ ހޯދުމަށްކުރި އިއުލާނުގައި ފުލުހުންވަނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 އޯގަސްޓް 08 ވަނަ ދުވަހުގެ 16:00 އަށް ހާޒިރުވުމަށް އަންގާފައެވެ.