English Edition
Dhivehi Edition

ގއ. ނިލަންދޫގައި ކުރިޔަށް ގެންދިޔަ މިނިވަން ވޮލީ ޓޯނަމެންޓް 2021ގެ ފައިނަލްގައި ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ފިރިހެން ޑިވިޝަނުން ޓީމް ކަންޖީރާ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކަށް ހޮވިފައިވަނީ ނެޓް ނިންޖާސްއެވެ.

އިއްޔެ ހަވީރު 16:00 ގައި ކުޅުނު ފިރިހެން ޑިވިޒަނުގެ ފައިނަލް މެޗެގައި 3 ސެޓް 1 ސެޓުން ކާމިޔާބް ހޯދާފައިވަނީ ޓީމް ކަންޖީރާއެވެ. މިމެޗުގައި މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކަންޖީރާ ޓީމްގެ ޖާޒީ ނަންބަރ 10 އަލީ ހަމީދުއެވެ.

މި މުބާރާތުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗާއި އަދި ދެވަނަ މެޗުގައިވެސް މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަލީ ހަމީދު (ގަޓު)އެވެ.

ހަމައެއާއެކު ރޭ 20:30ގައި އޮތް އަންހެން ޑިވިޒަނުގެ ފައިނަލް މެޗުގައި ޕްރިޓީ ހިޓާސް ބަލިކޮށް ނެޓް ނިންޖާސް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. 3 ސެޓް 1 ސެޓުން ލިބުނު ކާމިޔާބީއާއެކު މިމެޗުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނެޓް ނިންޖާސްގެ ޖާޒީ ނަންބަރ 10 ފާތިމަތު ޝިފްނާއެވެ.

މިމުބާރާތަކީ ނިލަންދޫ ކައުންސިލުން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވުނު މުބާރާތެކެވެ. ނިލަންދޫ ޒުވާނުންނަކީ ކުޅިވަރުގެ ދާއިރާގައި ޝައުގުވެރިކަން ފާޅުކުރާ ބަޔަކަށް ވުމާއެކު މިފުރުސަތުވެގެންދިޔައީ އެރަށު ޒުވާނުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކޮވިޑް-19ގެ ނުރައްކާތެރި މިހާލަތުގައި ގޭތެރޭގައި ބަންދުވެގެން ތިބުމަށްފަހު ރަށުގެ ޒުވާނުން ތިބީ މިފަދަ ފުރުސަތަކަށް ބޭނުންވެފައެވެ.