English Edition
Dhivehi Edition

ގއ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މަގު ސާފްކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަދު ސާފުކުރެވުނީ އެރަށު “ކަތީބު ވަހީދު މަގެވެ.

އާއްމު ރައްޔިތުންނާއި ރަށުގެ ހުރިހާ މުއައްސަސާތަށް ގުޅިގެން ހިންގި މިހަރަކާތުގައި އެރަށުގައި ދިރިއުޅޭ ބިދޭސީންވެސް ވަނީ ބައިވެރިވެފައެވެ. އަދި މިމަގު ސީދާކޮށް ޑިޒައިން ކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރކޮށް ބައިވެރިވި މުޝައްފައު އަހުމަދު (މުޝޭ)އަށް ކައުންސިލުގެ ނަންމަތީގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

ނިލަންދޫ ކައުންސިލުން ވިދާޅުވީ މިޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ރަށް ސާފުކޮށް، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުން ކަމަށެވެ. ކައުންސިލުން ކުރިޔަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

ހަމައެއާއެކު މިހަރަކާތުގައި ބައިވެރިވި ނިލަންދޫގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން މިމަސައްކަތުގައި ބައިވެރި ބިދޭސީންނަށް ކައުންސިލުގެ ނަންމަތީގައި ޝުކުރު ދަންނަވާފައިވެއެވެ. މަގުލެވެލްކުރުމުގައި ވޮލަންޓިއަރކޮށް ބައިވެރިވި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.