ގއ. ނިލަންދޫ ސުކޫލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށު ސުކޫލުގައި ޤުރުޢާން މުބާރާތެއް ބާއްވައިފިއެވެ.
ޑަބްލިޢު.ޑީސީ އަދި ނިލަންދޫ ސްކޫލާއި ގުޅިގެން ބޭއްވި 1443 ވަނަ އަހަރުގެ ޤުރުޢާން މުބާރާތުގައި ޖުމުލަ 52 ކުދިން ވަނީ ބައިވެރިވެފައެވެ. ސްކޫލުގެ ކޮންމެ ކްލާހަކަށް ބަހާލައިގެން ވަނަތައް ހޮވި މި މުބާރާތުގައި 16 ކުދިންނަށް ވަނީ ވަނަތައް ލިބިފައެވެ. އެއީ 01 ވަނައަށް ދިޔަ 05 ކުދިންނާއި 02 ވަނައަށް ދިޔަ 5 ކުދިންގެ އިތުރުން 03 ވަނައަށް ދިޔަ 6 ކުދިންނެކެވެ.
މުޅި މުބާރާތުން ވަނަތަކަށް ދިޔައީ ޖުމްލަ 06 ކުދިންނެވެ. މުޅިމުބާރާތުން 01 ވަނަ 02 ވަނަ އަދި 03 ވަނަ ހޮވާލެވުނުއިރު މުބާރާތުގެ ތިންވަނަ އަށް ހޮވިފައިވަނީ ދެ ކުއްޖެކެވެ. އެއީ މަރިޔަމް ކައުސަރު ޖިހާދް އާއި ފާތިމަތު ލުބުނާ އަޝްރަފްއެވެ. މުބާރާތުގެ ދެ ވަނަ ކާމިޔާބުކޮށްފައިވަނީ ވެސް 02 ކުއްޖެކެވެ. އެއީ ޢައިޝަތު މިޝްކާ ހަނީފް އަދި އާމިނަތު އަލީޝާއެވެ. މުބާރާތުގެ ފަޚުރުވެރި 01 ވަނަ ކާމިޔާބުކޮށްފައިވަނީ ވެސް 02 ކުއްޖެކެވެ. އެއީ އައިޝަތު މަނީ ނާސިޙް އިބްރާހީމް އަދި ލިވާ ނާޒިމްއެވެ.
ވަނަތަކަށް ހޮވުނު ކުދިންނަށް ޓުރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ.
މުބާރާތް އިންސާފް ކޮށްދެއްވުމަށް ފަޑިޔާރުން ގެނެސްފައިވަނީ ގއ.އަތޮޅު ކައުންސލްގެ ހެޔޮއެދުމާއި އެކު ކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ ބުނެފައެވެ. ގއ. އަތޮޅު ކައުންސިލް އިން ވަނީ 3 ފަނޑިޔާރަކު ފޮނުވާފާއެވެ. އެއީ އުސްތާޒް އަބްދުﷲ ނަޢުފަލް، މުޙައްމަދު ނާސިޙް އަދި އަޒްލީފް މޫސާއެވެ.
މީގެ އިތުރުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ މަރިޔަމް ޝީބާ ވަނީ ގއ އަތޮޅު ކައުންސިލް އަދި ނިލަންދޫ ސުކޫލް އިން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވާފައެވެ.