ގއ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މިނިވަން ވޮލީ ބޯޅަ މުބާރާތުގެ އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޒަނުގެ ތިންވަނަ މެޗުގައި ޓީމް ބްރަދާސް ބަލިކޮށް ޓީމް ބޮން ބޮން ފައިނަލަށް ވާދަކޮށްފިއެވެ.
ޓީމް ކަންޖީރާއާއި ބައްދަލުކުރި މެޗުން ލިބުނު ނާކާމިޔާބީއާއެކު އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީމް ބޮން ބޮންގެ ކުޅުންތެރިންގެ ހުނަރު މިވަނީ ވަރަށް ފުރިހަމައަށް ދައްކާލާފައެވެ. އެގޮތުން 3-0 ބްރަދާސް މިވަނީ ބަލިކޮށްފައެވެ.
ފިރިހެން ޑިވިޒަންގެ ދެވަނަ މެޗުގައި ޓީމް ކަންޖީރާއާ ވާދަކޮށް ޓީމް ބްރަދާސް ނާކާމިޔާބުވެފައިވާއިރު އިއްޔެ ކުޅުނު މެޗުންވެސް ކާމިޔާބީއެއް ލިބޭގޮތެއް ނުވިއެވެ. އެހެންކަމުން ޓީމް ބަރަދާސްއަށް ފައިނަލުގައި ޖާގައެއްނުލިބުނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް ބޮން ބޮންގެ ޖާޒީ ނަންބަރ 11 ޖައިލަމް މުހައްމަދުއެވެ.
ހަމައެއާ އެކު ރޭ ކުޅުނު އަންހެން ޑިވިޒަންގެ ދެވަނަ މެޗުގައި ޓީމް ނެޓް ނިންޖާސް މިވަނީ 3-0 އިން ޓީމް ގޯލްޑަން ސްޓާރސް ބަލިކޮށްފައެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ނެޓް ނިންޖާސްގެ ޖާޒީ ނަންބަރ 10 ޝިފްނާ މުހައްމަދުއެވެ.