English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއީ ކުޑަކުދީންގެ ހިޔާގައި މި އަހަރުގެ ތެރޭގައި ހިނގި ތިންވަނަ އަލިފާނުގެ ހާދިސާއެވެ،

އެމްއެންޑީއެފް އިން ބުނީ މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރު ހިޔާގެ ހަތަރުވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ކަމަށެވެ. ޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު ފަޔާ ރެސްކިއު ޓީމުން އެތަނަށް ގޮސް އަލިފާންގަނޑު ނިއްވާލައިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު 06:10 ހާއިރު އަލިފާންގަނޑު ކޮންރޯލްކުރެވި 07:10 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ރޯވި މައްސަލާގައި ޖެންޑާ މިނިސްްޓްރީ އާއި ކުޑަކުދީންގެ ހިޔާއިން އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.